ޗަމްޕާ ބްރަދަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފިޒިއޮތެރަޕީ އިކުއިޕްމަންޓް ބޭނުންވެފައިވާ ތިން ރަށެއްގެ ހޮސްޕިޓަލްތަކަށް މި އިކުއިޕްމަންޓްތަކަށް ހަދިޔާކޮށްފިއެވެ.

މި އިކުއިޕްމަންޓްތައް ފޯރުކޮށްދެވުނު ހޮސްޕިޓަލްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫ ހިމެނޭކަމަށް ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މި އިކުއިޕްމަންޓްތައް ހަވާލުކުރެވުނީ ޗަމްޕާ ބްރަދަރސްއިން އިންތިޒާމުކުރި ޚާއްޞަ ހަފްލާއެްގަެވެ. މި ހަދިޔާތައް ދެއްވާފައިވަނީ މި ރަށްތަކުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޗަމްޕާ މުޙައްމަދު މޫސާއެވެ.

މި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސައްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.