ތެރަޕީ ސެންޓަރުގެ ފަރާތުން 2024 އޯގަސްޓް 1 ގައި ބ. އޭދަފުށީގައި ޑިސްއެބިލިޓީ އެސެސްމަންޓް ކޭމްޕެއް ބޭއްވުމަށް އެ ސެންޓަރުން ވަނީ ހަމަޖައްސަވާފައެވެ.

މި ކޭންޕް ބާއްވާން ކަން މިއަދު އިއުލާން ކޮށްފައިވައި ވަނީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައެެވެ. އެ އިދާރާއިން ވިދާޅުވީ މި ކޭމްޕުގެ މަޤްސަދަކީ ނަފްސާނީ ނުކުޅެދުންތެރިކަމާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރަށުގައި ތިބެގެން އެސެސްމަންޓްތައް ހެދޭނެ ގޮތެއް އެ ފަރާތްތަކަށް ފޯރުކޮށްދިން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެންސްޕާގެ އެހީ ހޯދުމަށް ޢާއްމު ފަރާތްތަކަށް ފަސޭހަވެގެން ދާނެކަމަށް ތެރަޕީ ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.

މި ކޭމްޕުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމާއި ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 ޖުލައި 08 ވަނަ ދުވަހުން ފެށިގެން 2024 ޖުލައި 17 ގެ ނިޔަލަށް (6602559, 6602009, 6602555) ނަންބަރަށް ގުޅައި ނަންނޯޓު ކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.