ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގައެވެ. މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި, ފުލުހުންނަށް ހުވާލައިދެއްވީ, ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒް އިބްރާހީމް އިހްސާނެވެ.

މި ރަސްމިއްޔާތުގައި, ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ޖުމްލަ 91 ފުލުހަކު ވަނީ ހުވާކޮށްފައެވެ. އެއީ, 65 ފިރިހެން ފުލުހުންނާއި 19 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ހުރިހާ ފުލުހުން ވަނީ ހުވާ ކުރުމަށް ފަހު ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި, ފުލުހުންގެ ހިދުމަތުގެ ބައެއް އިސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގަންފައެވެ. އެއީ, ހެޑް އޮފް ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަހްމަދު ބިޝާރު، ހެޑް އޮފް ސެރަމަނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފްއެވެ.