އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބު ކިއެރ ސްޓާމަރ ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށާއި އަދި ލޭބަރޕާޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޕޯސްޓެއްގައި އިނގިރޭސި ވިލާތުގެ އިންޚާބީ ބޮޑުވަޒީރުގެ ލީޑަރޝިޕްގައި އެ ޤައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައިވެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ އިނގިރޭސި ވިލާތުގެ އިންތިޚާބީ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ބައިނަލްއަޤްވާމީ ދަތި މައްސަލަތަކަށް ޙައްލުގެނައުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.