އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެގައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި އީރާނުގެ އިންހާބީ ރައީސްގެ ލީޑަރޝިޕްގައި ރާއްޖެއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިހާބީ ރައީސް ޕެޒެޝްކިއާންގެ ދައުރުގައި އީރާނަށާއި އެ ސަރަހައްދަށް ކުރިއެރުމާއި ތަނަވަސްކަމުގެ އިތުރުން ސުލްހަމަސަލަސްކަން ގާއިމުކުރެއްވުމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.