އިންޑިޔާގެ މަޝްހޫރު އެން.ޔޫ ހޮސްޕިޓަލްސްގެ އެމްޑީގެ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔޭގެ ޞިއްޙީ ޚިދުމަތަށް އެންމެ މަގުބޫލު އެއް މަންޒިލަކަށް އިންޑިއާގައި ވެގެންދާނީ އެން.ޔޫ ހޮސްޕިޓަލްއެވެ. ޚާއްޞަކޮށް ޖެނިޓޯޔޫރިނަރީ ފަދަ ސްޕެސަލައިޒްޑް ދާއިރާތަކަށެވެ. ދެކުނު އިންޑިއާގެ އެންމެ ކުރިއަރާފައިވާ ސުޕަރ ސްޕެޝަލިޓީ ހޮސްޕިޓަލް ޗެއިންއެއް ކަމަށްވާ އެން.ޔޫ ހޮސްޕިޓަލަކީ މި ބަދަލުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ހޮސްޕިޓަލެކެވެ.

ޚާއްޞަ އިންޓަވިއުއެއްގައި، އެން.ޔޫ ހޮސްޕިޓަލްސް ބެންގަލޫރުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޕްރަސަންނާ ވެންކަޓޭޝް އެމް.ކޭ ވަނީ ބަދަލުވަމުންދާ ސިއްޙީ ޚިދުމަތުގެ މަޝްރަޙާއި ހޮސްޕިޓަލްގެ ކުރިއެރުމުގެ މަގާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އިންޑިއާގައި ސިއްޙީ ޚިދުމަތް ބަދަލުވަމުން އަންނަ ގޮތް ޑރ. ވެންކަޓޭޝް ވަނީ އިންޑިއާއިން ޓަރޝަރީ އަދި ކުއަޓަރނަރީ ފަރުވާ ފޯރުކޮށްދިނުމުގައި ކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް އަލިއަޅުއްވާލައިފައެވެ.

"އިންޑިއާއަކީ މިހާރު ޒަމާނީ ސިއްޙީ ޚިދުމަތްތަކުގެ ގްލޯބަލް މަރުކަޒަކަށް ވެފައިވާތީ، އަޅުގަނޑުމެން އެންމެންގެ މައްޗަށްވެސް ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވެ، އޮބީސިޓީ، ޑައިބެޓީސް އަދި ހައި ބްލަޑް ޕްރެޝަރު ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތައް އިތުރުވަމުން އަންނާތީ، ކިޑްނީއާ ގުޅުންހުރި މައްސަލަތައް އިތުރުވަމުން އަންނަކަން ހޮސްޕިޓަލްތަކުން ރިޢާޔަތްކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

އެން.ޔޫ ހޮސްޕިޓަލްސް

އެން.ޔޫ ހޮސްޕިޓަލްސް އުފެއްދީ 1999 ވަނަ އަހަރު ޑރ. ވެންކަޓޭޝް ކްރިޝްނަމޫރުތީއެވެ. މިއީ ޖެނިޓޯޔޫރިނަރީ ކެއަރގެ ޚާއްޞަ ފަރުވާގެ ބޭނުމަށެވެ. އަހަރުތަކާއެކު، މި ހޮސްޕިޓަލް ވަނީ ހަރުދަނާކަމާއެކު ކުރިއަރަމުން ގޮސް، އިންޑިއާ އަދި އެގައުމުން ބޭރުގައިވެސް ޚިދުމަތް ފުޅާކޮށްފައެވެ. "އަޅުގަނޑުމެންގެ އެންމެ ބޮޑު ވަސީލަތަކީ އަޅުގަނޑުމެންގެ ޓީމް. ގިނަ ޑޮކްޓަރުންނަކީ ގާތްގަނޑަކަށް 20 އަހަރު ވަންދެން ފުލްޓައިމް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން. އަދި އަޅުގަނޑުމެން 2003 އިން ފެށިގެން ޔޫރޮލޮޖީ އަދި ނެފްރޮލޮޖީގެ ޕޯސްޓްގްރެޖުއޭޓް ކޯސްތައްވެސް ހިންގަމުން ގެންދަން،" ޑރ. ވެންކަޓޭޝް ފާހަގަކުރެއްވިއެވެ.

އިންޑިއާގައި ކިޑްނީގެ ފަރުވާ އިތުރަށް ކުރިއެރުވުންޑރ. ވެންކަޓޭޝް ވަނީ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ސުޕަރ ސްޕެޝަލިޓީ ފަރުވާ އެއްވަރަކަށް ލިބެން ހުންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެން.ޔޫ ހޮސްޕިޓަލްސްއިން މިކަން ފޫބެއްދުމަށްޓަކައި ޓިއަރ 2 ސިޓީތަކަށް ފުޅާވުމަށް އަމާޒު ހިފާފައިވެއެވެ. މީގެ އިތުރުން، ހޮސްޕިޓަލުން ވަނީ ރިސަރޗާއި ތަމްރީނު ދިނުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އަދި ޑީ.އެން.ބީ ނެފްރޮލޮޖީ އަދި ޑީ.އެން.ބީ ޔޫރޮލޮޖީ ފަދަ ޕްރޮގްރާމްތައް ހިންގަމުންދާކަމަށް ޑރ. ވެންކަޓޭޝް ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ގޮތުން ފުޅާކުރުންއެން.ޔޫ ހޮސްޕިޓަލްސްއިން ވަނީ އެ ތަނުގެ ތަޖުރިބާ ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކޮށް، ދިވެހިރާއްޖޭގައި ޑިޕާޓްމަންޓްތައް ޤާއިމުކޮށްފައެވެ. މީގެ އިތުރުން، ޑރ. ވެންކަޓޭޝް ވިދާޅުވި ގޮތުގައި، ގިނަ ޤައުމުތަކުގައި، ޚާއްޞަކޮށް މެދުއިރުމަތީގައާއި، ދެކުނުއިރުމަތި އޭޝިއާގައާއި އަދި އެފްރިކާގައި ނެފްރޮލޮޖީ އަދި ޔޫރޮލޮޖީއަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. އަދި އިންޑިއާގެ ޑޮކްޓަރުންނަކީ މުޅި ދުނިޔޭގައި އިތުބާރުކުރެވޭ ބައެއްކަމުން، އިންޑިއާއަކީ މިފަދަ ފަރުވާތައް ހޯދުމަށް އެކަށީގެންވާ މަންޒިލަކަށް ވެފައިވެއެވެ.

ޑރ. ވެންކަޓޭޝް ނިންމާލެއްވީ އުއްމީދީ މެސެޖަކާ އެކުގައެވެ. "އިންޑިއާގައި މީހުން އުޅެނީ ހަމައެކަނި ޝަހަރީ ސަރަޙައްދުތަކުގައެއް ނޫން؛ އުނދަގޫ ފަރުވާތައް ނުލިބޭ ވަރަށް ގިނަ އާބާދީއެއް އުޅެނީ ރަށްފުށުގައި. ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންނަށް ޓިއަރ 2 ރަށްތަކުގައި ފާހަގަކޮށްލެވޭ ތަރައްޤީއެއް ފެންނާނެ. އިންޑިއާއިން ސިއްޙީ ޚިދުމަތުގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ މިންގަނޑުތަކާ އެއްވަރަށް ދާނެ" ޑރ.ވެންކަޓޭޝް ވިދާޅުވިއެވެ.

އިންޑިޔާއަކީ ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ހަބެއްގެ ގޮތުގައި ކުރިއަރަމުން އަންނައިރު، އެންޔޫ ހޮސްޕިޓަލްފަދަ މުއައްސަސާތަކުން އެޤައުމުގެ މުސްތަޤްބަލް ބައްޓަންކޮށް، އެންމެންނަށް ޚާއްޞަ އަދި ހަމަހަމަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.