ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގެ ރިިޕޯޓު ލިބިފައިވަނީ ރޭ 20:58 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.