އެތައް އަހަރެއް ވަންދެން ޖީޕާސް އަކީ ދިވެހިންގެ މެދުގައި އިތުބާރު ކުރެވޭ ނަމެކެވެ. މި ބްރޭންޑް ވަނީ އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ގޭގެ ބޭނުންތަކަށް ބޭނުންކުރާ ސާމާނުގެ ސަބަބުން މަޝްހޫރުވެފައިއެވެ. ބްރޭންޑް ކުރިއަރަމުން ދާއިރު، ކަސްޓަމަރުން ހިތްހަމަޖެއްސުމަށް އޮތް އަޒުމްވެސް ޖީޕަސްއިން ވަނީ ދަމަހައްޓާފައެވެ

މިގޮތުން، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޖީޕާސްއިން ވަނީ "ހެޕީނެސް ކެމްޕެއިން" ނަމަކަށް ކިޔާ ޕްރޮމޯޝަންއެއް ފަށާފައެވެ. މި ޕްރޮމޯޝަންގެ މަޤްޞަދަކީ ހުރިހާ ކަސްޓަމަރުންނަށްވެސް އުފާވެރިކަން ފޯރުކޮށްދިނުމެވެ. މިކެމްޕެއިންގެ މައިގަނޑު ބައެއްގެ ގޮތުގައި، "ހެޕިނެސް ގެރެންޓީޑް" ވޮރަންޓީ ތަޢާރަފުކޮށްފައިވެއެވެ.

މިވޮރަންޓީ ލިބޭނީ ބްރަދަރހުޑް އިލެކްޓްރޯނިކްސް ފިހާރައިން ސީދާ ގަންނަ ޖީޕާސް މުދަލަށެވެ. ޖީޕާސްއިން ވަނީ އެކި ބޭނުންތަކާއި ޝައުޤުތަކަށް ފެތޭ 1،500 އަށްވުރެ ގިނަ ބާވަތުގެ މުދާ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ގޭތެރޭ ބޭނުންކުރާ މުހިންމު ސާމާނު ކަމުގައިވާ ދޮންނަ މެޝިން، އަވަން، ކަރަންޓު އުނދުން، ކެޓަލް، ޓޯސްޓަރު އަދި ޕޮޕްކޯން މެޝިންގެ އިތުރުން، ޕާސަނަލް ކެއާގެ ބޭނުމަށް ގެންގުޅޭ ތަކެއްޗާއި ގޭގައި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސާމާނު ފަދަ ތަކެތި ހިމެނެއެވެ.

ޖީޕާސް އިން ފެންވަރު ރަނގަޅު، އަގުހެޔޮ ހައްލުތަށް ފޯރުކޮށްދެއެވެ. މި ބްރޭންޑުގެ އުފެއްދުންތައް މަޝްހޫރުވެފައިވަނީ އާދަޔާ ޚިލާފު ފެންވަރާއި ދިގު މުއްދަތަކަށް ދެމިހުންނަ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، އަދި އަގުހުރި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް އަބަދުވެސް އައު ގޮތްތައް ހޯދަމުންދާ އުފެއްދުންތަކެއްގެ ގޮތުގައިއެވެ.ދުނިޔޭގެ 90 ޤައުމެއްގައި 20،000 އަށްވުރެ ގިނަ ފިހާރަ އާއި 500 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން އޮތުމާއެކު، ޖީޕާސްވަނީ މުޅި ދުނިޔޭގެ ކަސްޓަމަރުންނަށް އިތުބާރުހުރި ޗޮއިސްއަކަށް ވެފައެވެ.

މިފުޅާ ދާއިރާއާއި އެއްހަމައެއްގައި ދެމެހެއްޓިފައިވާ ފެންވަރުގެ ސަބަބުން، ޖީޕާސްގެ ނަން ވަނީ ކަސްޓަމަރުންނަށް އިތުބާރުކުރެވޭ ބްރޭންޑަކަށް ވެފައެވެ.ބްރަދަރހުޑް އިލެކްޓްރޯނިކްސްއިން ކަށަވަރުކޮށްދެނީ އެ ފިހާރައިން ގަންނަ ހުރިހާ ޖީޕާސް މުދަލަކަށްވެސް ހެޕީނެސް ގެރެންޓީޑް ވޮރަންޓީ ލިބޭނެކަމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ހިތްހަމަޖެހުމާއި ކޮލެޓީގެ ޔަޤީންކަން ލިބިގެންދެއެވެ.ބްރަދަހުޑް އިލެކްޓްރޯނިކްސްއިން ޖީޕާސްގެ އުފެއްދުންތައް އިޚްތިޔާރުކޮށްގެން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު، އަގުހެޔޮ އަދި ފާހަގަކޮށްލެވޭ ފަދަ ކަސްޓަމަރ ސަޕޯޓެގެ ފުރިހަމަ މިކްސްއެއް ލިބިގެންދާނެއެވެ. ޖީޕާސްއާއި ބްރަދަރހުޑް އިލެކްޓްރޯނިކްސްއިން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންއިން ދައްކުވައިދެނީ އެންމެ މަތީ ފެންވަރުގެ މުދާ ފޯރުކޮށްދިނުމާއި، ކޮންމެ ގަންނަ އެއްޗަކުންވެސް ކަސްޓަމަރުންގެ އުފާވެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ އަޒުމެވެ.