ދާދިފަހުން ޓީ20 ކްރިކެޓު ވޯލްޑް ކަޕު ކާމިޔާބު ކުރި އިންޑިއާގެ ގައުމީ ކްރިކެޓު ޓީމު ޗުއްޓީ ހޭދަކޮށް އުފާފާޅު ކުރުމަށް ރާއްޖެ އައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މާޓީ) އިން ހާއްސަ ދައުވަތެއް ދީފިއެވެ.
އެމްއެމްޕީއާރްސީއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި, މާޓީއާ ގުޅިގެން ޓީ20 ކްރިކެޓު ވޯލްޑް ކަޕުގެ ޗެމްޕިއަނުން ކަމުގައިވާ އިންޑިއާގެ ގައުމީ ކްރިކެޓު ޓީމަށް ރާއްޖެ އައުމަށް ދައުވަތީ ދީފައިވާ ކަމަށެވެ. މި ދައުވަތަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ކުޅިވަރުގެ ރޫހު ރަމްޒު ކޮށްދޭ ދައުވަތެއް ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރްސީއިން ނެރުނު ބަޔާނުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝިއުރީ ފާހަގަކުރައްވާ ގޮތުގައި ރާއްޖެއަކީ އިންޑިއާގެ ކްރިކެޓް ޓީމުގެ ކާމިޔާބީ ފާހަގަކުރަން އެންމެ ފުރިހަމަ ތަން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އިންޑިއާގެ ކްރިކެޓު ޓީމު ރާއްޖެއަށް އައުމުން އެ ޓީމުގެ ކާމިޔާބީއަށް މަރުހަބާ ކިޔާ, އެ ޓީމަށް މެހެމާންދާރީ އަދާކުރުމަކީ ރާއްޖެއަށް ލިބިގެންދާނެ ފަހުރެއް. ރާއްޖެއަކީ އިންޑިއާގެ ކްރިކެޓު ޓީމުގެ ފުރިހަމަ ކާމިޔާބީ ފާހަގަކުރަން އެންމެ ފުރިހަމަ މަންޒިލް" އެމްއެމްޕީއާރްސީގެ ބަޔާނުގައި ޝިއުރީއާ ހަވާލާދީ ބުންޏެވެ.
މި ދިޔަ ޖޫން މަހު ނިމިގެންދިޔަ ޓީ20 ވޯލްޑް ކަޕު އިންޑިއާއިން ކާމިޔާބު ކުރީ ފައިނަލުގައި ސައުތު އެފްރިކާ އަތުން ކުރި ހޯދައިގެންނެވެ. އިންޑިއާ ކާމިޔާބު ކުރި މި ވޯލްޑް ކަޕަކީ އެ ޓީމުގެ ތާރީހުގައި މި މުބާރާތް ކާމިޔާބު ކުރެވުނު ދެވަނަ ފަހަރެވެ. އެއާއެކު އިންޑިއާ ވަނީ ޓީ20 ވޯލްޑް ކަޕު ދެ ފަހަރަށް ކާމިޔާބު ކުރި ހަމައެކަނި ތިން ގައުމުގެ ތެރެއިން އެއް ގައުމަށް ވެފައެވެ.
ރާއްޖޭގައި ދުވަހަކުވެސް ތަރައްގީނުވި ކުޅިވަރެއްތިޔައީ ނިކަން ތިކަންތައް ކޮށްބަލަ ރާއްޕޭ
އެއްމެފަހުން ދައުވަތުވެސްދިނީދޯ