ހޯމަ ދުވަހު ރަޝިއާގެ މިސައިލް ހަމަލާއެއްގައި ޔުކްރޭންގެ ވެރިރަށް ކީވްގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލެއް ބައެއް ހަލާކުވެ، އެތަކެއް ބަލިމީހުންނާއި އެމީހުންގެ އާއިލާތައް ހޮސްޕިޓަލް ދޫކޮށްދާން މަޖުބޫރުވެއްޖެއެވެ.

ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު މީހުން ވެއްޔާއި ސިމެންތިއާ ގާތައް ދަށުގައި ނުނިކުމެވި ތިބެދާނެކަމަށް އޮފިޝަލުން ބުނެއެވެ. މި ހަމަލާއަކީ ގިނަ ޔުކްރެއިން ސިޓީތަކަކަށް ދުވާލުގެ ވަގުތެއްގައި ދިން ނުރައްކާތެރި ވައިގެ ހަމަލާތަކުގެ ތެރެއިން ހަމަލާެކެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވި ގޮތުގައި މިހަމަލާތަކުގައި މަދުވެގެން 37 މީހުން މަރުވެ، 170 މީހުންނަށް ޒަހަމްވެފައިވެެއެވެ.

މި ހަމަލާގައި ކީވް، ޑްނިޕްރޯ، ކްރިވީ ރިހް، ސްލޯވިއާންސްކް އަދި ކްރަމަޓޯސްކް ފަދަ ސަރަޙައްދުތަކަށް ހަމަލާދެވުނެވެ. ކީވްގައި 27 މީހުން މަރުވިއިރު، އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އަދި ޔުކްރެއިންގެ ކުޑަކުދިންގެ އެންމެ ބޮޑު މެޑިކަލް ސެންޓަރު ކަމުގައިވާ އޮކްމަޓްޑިޓް ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ޔުކްރެއިންގެ ހެލްތު މިނިސްޓަރު ވިކްޓަރ ލިއާޝްކޯ ވިދާޅުވި ގޮތުގައި 600 އަށްވުރެ ގިނަ ބަލިމީހުން އެހޮސްޕިޓަލުން ނެރެވުނެވެ. އަދި 100 އަށްވުރެ ގިނަ މީހުން އެހެން ތަންތަނަށް ބަދަލުކުރެވުނެވެ. ހޮސްޕިޓަލުގައި ގެއްލުން ލިބުނު ސަރަޙައްދުތަކުގެ ތެރޭގައި އިންޓެންސިވް ކެއަރ ޔުނިޓްތަކާއި، އޮންކޮލޮޖީ އަދި ސަރޖަރީ ޑިޕާޓްމަންޓްތަށް ހިމެނެއެވެ.

މި ހަމަލާ އައީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ހޯސްޓްކުރައްވާ މުހިންމު ނޭޓޯ ސަމިޓެއްގެ ކުރިންނެވެ. ބައިޑެން މި ހަމަލާތައް ކުށްވެރިކުރައްވާފައިވެއެވެ.