މާލޭގައި ޕާކްކޮށްފައި އޮތް ވޭނަކުން އެއްޗެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރައްދުގައިި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.
އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިތުރުން ސިފައިންވެސް ހަތިޔާރާއެކު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.