ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމަށް 206 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ދެވަނަ ބުރުގެ އިމްތިހާނު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށާއި އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޒުވާން ހަތީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ.

ޒުވާން ހަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފައެވެ.