މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން އެއާޕޯޓުތައް ކުރިއެރުވުމަށް ޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި މިއަދު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއެކު ސޮއިކުރި ފަހުމުނާމާއަކީ ރީޖަނަލް އެއާޕޯޓުތަކުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ސޮއިކުރި ފަހުމުނާމާއެކެވެ.

ދެ ފަރާތުން ސޮއިކުރި މި ފަހުމުނާމާގެ ސަބަބުން އެއާޕޯޓުތަކުގައި ދިމާވާ ކުއްލި ހާލަތްތައް ލުއިފަސޭހަކަމާއެކު ހައްލުވެގެން ދާނެއެވެ.

އެމްޕީއެލްއާއެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ސޮއިކުރި މި ފަހުމުނާމާއަކީ ރާއްޖޭގައި ވައިގެ މަގުން ކުރާ ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމަށް ޓަކައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސޮއިކުރެވިގެންދިޔަ ފަހުމުނާމާއެކެވެ.