"ތާރޑް އެޑިޝަން އޮފް ދަ ޗިލްޑްރަން ފިލްމު ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ބުނެފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް މި ކަން ހާމަކުރައްވާފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ގެޒެޓްގެ އާންމު މައުލޫމާތުގައި ކުރެއްވި އެ ޕޯސްޓްގައި ވަނީ " ޗިލްޑްރަން ފިލްމު ފެސްޓިވަލް" ގެ ތިން ވަނަ އެޑިޝަން އަށް ފިލްމު ޑައިރެކްޓަރުން، ޕްރޮޑިއުސަރުން އަދި ފިލްމުގެ ހައްގުވެރި ފަރާތްތަކަށް ބައިވެރިވެލައްވަން ފިލްމު ހުށަހެޅުމުގެ ފުރުސަތު ވަނީ ލިބިފައިވާ ކަމަށެވެ.

އަދި މި ފެސްޓިވަލްގެ ތިންވަނަ އެޑިޝަން އޮންނާނީ މިއަހަރުގެ އޯގަސްޓްމަހު ޖޯޑަންގައި ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 20 ޖުލައި 2024 ގެ ކުރިން ސްކްރީނަރ ގެ ލިންކެއް [email protected] ފޮނުއްވައިދެއްވާ އެ މައުލޫމާތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް މެއިލް އެޑްރެސް [email protected] އަށް ހިއްސާކޮށްދެއްވުމަށްވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.