ދިވެހި ފުލުހުންގެ ހިދުމަތުގެ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑަންސް މެނޭޖްމަންޓުން، މ. މުލަކު ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ އިސްކަންދަރު ކޮށި މަލްޓިޕަރޕަސް ހޯލުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ސެޝަނަކީ އެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތަށްކުރި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.

މީގެއިތުރުން މި ސެޝަނުގައި ފުލުހުންގެ ހިދުމަތުގައި ހުރި ފުރުސަތުތަކަކީ ކޮބައިކަމާއި، ދަރިވަރުން ކުރިއަށް ދިއުމަށް ބޭނުންވާނެ ތަފާތު އެކި މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން އެ ދަރިވަރުންނަށް ހާއްސަކޮށްފައިވާ، ކެރިއަރ ގައިޑެންސްގެ މައުލޫމާތު އެކުލެވޭ ފްލެއަރ، ނޯޓުފޮތް ހަދިޔާކޮށްފައިވާ ކަމަށާއި ފުލުހުން ކުރަމުންދާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން އެ ސްކޫލުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ސެޝަނުގައި މުލަކު ސްކޫލު ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުންދާ 26 ދަރިވަރުންނާއި އެ ސްކޫލުގެ ފަސް މުދައްރިސުން ބައިވެރިވިއެވެ.