ރޯގާގެ އެއްވެސް އަލާމަތެއް ހުރިނަމަ ހޮސްޕިޓަލަށް ދާއިރު މާސްކު އަޅަން އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން މި ކަމަށް އިލްތިމާސް ކޮށްފައިވަނީ އެ ހޮސްޕިޓަލުން ރޭ 'އެކްސް' ގައި އާއްމުކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އައިޖީއެމްއެޗުން ބުނެފައިވަނީ، ހައްޖުގެ އަޅުކަމަށް ދިޔުމަށް ފަހު އެނބުރި ރާއްޖެ އައި ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވި ފްލޫކްލިނިކުން ހިދުމަތް ހޯދާ ފަރާތްތައް މަދުވެފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން ފްލޫ ކްލިނިކުގެ ހިދުމަތް ހުއްޓާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުން ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ މާސްކު އެޅުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.