ބ. ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބ. ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ފުޓްސަލް ފިއެސްޓާ ފެށުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ.
މި މުބާރާތުގައި ގޮއިދޫގެ އިތުރުން ފެހެންދޫ އަދި ފުޅަދޫގެ ކުޅުންތެރިންނަށް ބައިވެރިވެވޭނެއެވެ. މި ތިން ރަށުގެ ކުޅުންތެރިންނަށް ކުޅެވޭނީ އެ ކުޅުންތެރިޔެއް ނިސްބަތްވާ ރަށަކަށް ރަޖިސްޓްރީ ކުރެވިފައިވާ ޓީމުތަކަށް އެކަންޏެވެ. ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރުން ދެ ކުޅުންތެރިޔަކު ޓީމުގައި ހިމެނޭ ގޮތަށް ގޮއިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މި މުބާރާތުގައި އެކި ވަނަވަނައަށް ދާ ޓީމުތަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ޗެމްޕިއަންކަން ހޯދާ ޓީމަށް 25,000 ރުފިޔަލުގެ ފައިސާ ލިބިގެންދާއިރު, ރަނަރ އަޕް ޓީމަކަށް 10,000 ރުފިޔާ ލިބިގެންދާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 5 އޮގަސްޓު ވާ ދުވަހުގެ 13:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 14 ޖުލައި ވާ ދުވަހުން ފެށިގެން ގޮއިދޫ ކައުންސިލް އިދާރާއިން ލިބިގެންދާނެކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.