ލާމު ލިންކު ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
މިކަމާގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕުގައި ބުނެފައިވަނީ ލާމު ލިންކު ރޯޑުން މާންދޫއިން ގަމަށް ދަތުރު ކުރަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި ފުލުހުން އެ ސަރަހައްދަށް ގޮސް އަލިފާން ނިވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.