ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ގައުމަށް އަގުހުރި ދަރިއެއްކަމަށާއި، ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއްކަމަށެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" މިއެވެ.