ރާއްޖޭގެ ދިފާއީ ބާރު ކަމުގައިވާ އެމްއެންޑީއެފްގެ މެޑިކަލް ކޯރއިން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ހިންގާ "މޯލްޑިވްސް އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒް" ކޯހުގައި ކިޔަވައިދޭ ފަސްޓް އެއިޑް މޮޑިއުލްގެ ކްލާސްތަކެއް ނަގައިދީފިއެވެ.

ޖުލައި 4 ވަން ދުވަހުން ފެށިގެން ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކުލާސްތަކުގައި، ސްޓޭންޑާޑް ފަސްޓް އެއިޑްގެ އިތުރުން ސީޕީއާރު-އޭއީޑީގެ ބައިތައް ކިޔަވައިދީފައިވެއެވެ.

އެގޮތުން ފުރަތަމައެހީ ދޭނެ ގޮތްތަކާއި, ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކުގެ މައްޗަށް މި ސެޝަނުގައި އަލިއަޅުވާލައިފައިވެއެވެ. އޭގެ އިތުރުން މޫދުގައި ގެނބިގެން ނަގާ މީހުންނަށް ސީޕީއާރު ދޭނެގޮތާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުން ނަގައިދެއްވި މި ކުލާސްތަކުގައި، މޯލްޑިވްސް އިމިގްރޭޝަންގެ ޖުމްލަ 18 މުވައްޒަފަކު ބައިވެެރިވިއެވެ.