ފެނަކަ ކުންފުނީގެ އެމްޑީ މުއާޒުރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށްޓަކައި ބޭނުންވާ ސާމާނު ފޮނުވުމަަށް ޓަކައި ފެނަކަ ކޯޕަރޭޝަނުން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނާ ވާހަކަ އެ ކުންފުނިން މިރޭ ދޮގުކޮށްފިއެވެ.

ފެނަކައިން އެ ކަން ދޮގުކޮށްފައިވަނީ މިރޭ އެކުންފުނިން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ފެނައިކައިން ބުނެފައިވަނީ އެ ވާހަކަ ދައުރުކުރަމުންދަނީ އެ ކުންފުނިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއް ނަކަލުކޮށްގެން، އެއީ އެއްކަމަކަށް ކޮށްފައިވާ މުއާމަލާތެއް ކަމަށް ދޭހަވާ ގޮތަށް ކަމަށެވެ.

އަދި ހަގީގަތް އޮޅުވާލައި، ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ނަން ކިލަނބުކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ގައިރު ޒިންމާދާރު އަަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖުތަމަައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމުގަައި ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފާއިތުވިތަނުގައި މީގެކުރިން ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި، އެވްރެޖްގޮތެއްގައި 7 މިލިއަން ރުފިޔާ މަހެއްގެ މައްޗަަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށާއި މިހާރު އެ ކުންފުނީގެ ދަތުރުތައް ކުރަނީ އެއްކުރެވެން ހުންނަ ދަތުރުތައް އެއްކޮށް، އެންމެ ހަރަަދު ކުޑަވާނެ ގޮތަކަށް ކަމަށްވެސް އެ ބަޔާނުގައި އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ދެފުއްފެންނަ ހަރުދަނާ ނިޒާމުގެތެރެއިން ރައްޔިތުންނަށް އެންމެ ފަައިދާހުރި ގޮތުގައި ހިދުމަތް ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ސާބިތުކަމާއި އެެކު ކުރިއަށްދާނެ ކަމުގެ ޔަގީންވެސް އެ ބަޔާނުގައި އެ ކުންފުނިން ދީފައިވެއެވެ.