ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އަަގު ގުގުރުންވެސް އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މީގެއިތުރުން މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނުގައި ބާރުމިނުގައިވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ދެކުނުގައި ކަނޑު މަޑުވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ. ހަމެއާއެކު ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ. ކޮމަންޑޫއަށެވެ. އެއީ 21.4 މިލިލީޓަރުގެ ވާރޭއެވެ.