އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކުށްވެރި ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ކުށްވެރި ކުރައްވާކަން ހާމަކުރައްވާފައިވަނީ މިއަދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ކުރީގެ ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ހަމަލާގައި ޒަޚަމްވި އެހެން ފަރާތްތަކަށްވެސް ހަމްދަރުދީ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.