ނޭޕާލުގެ ބޮޑުވަޒީރުގެ މަގާމާ ކޭ.ޕީ. ޝަރްމާ އޮލީ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ނޭޕާލުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓުގައި ނޭޕާލާ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ނޭޕާލުގެ ބޮޑުވަޒީރުގެ ޒައާމަތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާ ނޭޕާލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1 އޯގަސްޓް 1980 ގައެވެ.