ޑްރަގް އެންފޯސްމަންޓްއިން ތަހުގީގު ކުރަމުންދާ މަސްތުގާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި ހާޒިރުކުރުމަށް އިއުލާނުކޮށްފައިވަނީ ތ. މަޑިފުށި / މިޝަން, އިބްރާހީމް ރަޝާދުއެވެ.

ފުލުހުން ވަނީ, އިބްރާހީމް ރަޝާދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި އިބްރާހީމް ރަޝާދު ހާޒިރުވާން ޖެހޭނީ, 24 ޖުލައި ވާ ދުވަހުގެ 12:00 ގެ ކުރިން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.