ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:00 ން ފެށިގެން އިރުއޮއްސި 17:00 އާ ހަމައަށެވެ.
އެ އިދާރާއިން ބުނީ އެވަގުތު ތަކުގައި އެހި ސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެެވެ.