ކަނޑުމަހާއި ފަރުމަހުގެ ގިނަ ބާވަތްތަކެއް ވިއްކަމުން ގެންދާ "މަސްފިލާ" އިން މާލެ އާއި ހުޅުމާލެއަށް ޑެލިވަރީ ކުރާ ގިނަަ ބާވަތްތަކެއް "ސަރުނާ މާޓް" ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
"މަސްފިލާ" އަކީ ކޮވިޑުގެ ދަތި ދުވަސްވަރު، މާލެ އާއި ހުޅުމާލޭގެ ވަރަށް ގިނަ ގޭބީސީ އާއި ހޮޓާ ރެސްޓޯރެންޓް އަދި ސަފާރީތަކަށް ކަނޑު މަހާއި ފަރުމަހުގެ ބާވަތްތައް ބޭނުންވާ ވަގުތަށް ތާޒާކަމާއެކު ފޯރުކޮށްދީގެން މިދާއިރާގެ އިތުބާރު ހޯދާފައިވާ ބްރޭންޑެެކެވެ.
މަސްފިލާއިން ދޭ ޔަގީން ކަމަކީ އެފަރާތުން ފޯރުކޮށްދޭ ކަނޑުމަހަކީ ހައިޖީނިކް ލެވެލް ވަރަށް ރަނގަޅު އަދި ވަރަށް ރަނގަޅު ޕެކިންއެއްގައި ބަންދު ކޮށްފައި ހުންނަ މަހެއް ކަމެވެ.
ފަރުމަހުގެ ބާވަތްތައްކަށް ބަލާއިރު، ރަތް މަހާއި ގިނިމަސް، ގިއުޅު، ފިލޮޅު، ފާނަ، މާނިޔަމަސް، ހަނދި، މުށިމަސް، ކޮރަކަލި ފަދަ މަސް މަސްފިލާ މެދުވެރިކޮށް ސަރުނާ މާޓުން ލިބެން ހުންނާނެއެވެ.
ފަރުމަސް ގަނެގެން ގެއަށް ގޮސް ހުޅުނބު ޖަހައި ކަނޑަން ޖެހިދާނެ ކަމަށް އެއްގޮތަކަށްވެސް ހާސްވާނެ ކަމެއް ނެތެވެ. މަސްފިލާއިން ވިއްކާ ފަރުމަހުގެ ގޭބީސީތަކުގެ ހާއްސަ ކެޓަގަރީން މަސްގަނެފިނަމަ ލިބޭނީ ހުޅުނބު ޖަހައި، ސާފުކޮށްފައި ހުރި މަހެވެ. ގެއަށް ގޮސް ވަގުތުން ކައްކާލަން ވީއެވެ.
ހޮޓާ ރެސްޓޯރަންޓްތަކަށް ބޭނުންވާ ގޮތަށް، މަސް ހުރި ގޮތަށް އަދި ހަމައެކަނި ބަނޑު ނެގުމަށްފަހުވެސް މަސްފިލާއިން މަސް ސަޕްލައި ކޮށްދެއެވެ.
ސަރުނާ މާޓުން ލިބެހެން ހުންނާނެ މަހުގެ ބާވަތްތައް:
- ކަނޑުމަސް
ކަންނެލި މަސް
- ފަރުމަސް
- ދޮންބިސް ޕެކްޓް
- ބަނޑައިދޫ ޕެކެޓް
ސަރުނާ މާޓުން ލިބެން ހުރި ކަނޑު މަހާއި ފަރުމަސް އަދި މަހުގެ ބާވަތްތަކުގެ އުފެއްދުއްތަކުގެ މައުލޫމާތު ހޯއްދެވުމަށް 9500031 ގުޅާލެއްވުމުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
ސަރުނާމާޓް ހުންނާނީ އަލިކިލެގެފާނު މަގުގައެވެ.