ހައްދުން މަތީ ގަމު، މުގުރިމަގު އަވަށުގެ މިސްކިތް މަގުގެ އިރުމަތީކޮޅު މަގުގެ ދެކުނުފަރާތު އަރިމަތީގައިވާ ދިވެހި ރުކާއި ފުނަގަސްތަކެއްގެ ވެރިންނަކީ ކޮބައިކަން ނޭނގިގެން، މިތަކެތީގެ ވެރިން ހޯދުމަށް ގަމު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ.

ގަމު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ އެއިދާރާއަށް ވެރިފަރާތް ނޭނގިގެން އުޅޭ ދިވެހި ރުކާއި ގަހުގައި މިހާރު ހުންނާނީ A-1 އިން ފެށިގެން A-20 އަށް ނަންބަރު ޖަހާފައި ކަމަށެވެ. އަދި މިރުއްގަހުގެ ވެރިފަރާތް ވާނަމަ، ގަމު ކައުންސިލުން ދޫކުރާ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމަށްޓަކައި ދޫކުރާ "ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

ހައްދުންމަތީ ގަމަކީ ޤުދުރަތީ ގޮތުން ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު (7.8 ކިލޯ މީޓަރ) ރަށެވެ. އަދި ރާއްޖޭގެ ނިސްބަތުން ރުއްގަސް އެންމެ ގިނަ އެއްރަށަކީވެސް ގަމެވެ.