މިސްކިތްތަކުގައި ދެ ނަމާދު ދެމެދުގެ ވަގުތުގައި ގާރީ ކްލާސް ހިންގުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, ދެ ނަމާދު ދޭތެރޭގައި މިސްކިތްތަތުގައި ގާރީ ކްލާސް ހިންގުމުގެ ހުއްދަ މި ހަފްތާގައި އަރުވާނެ ކަމަށް ހާމަކޮށްފައެވެ.

ޑރ. ޝަހީމް ހާމަކުރެއްވި ގޮތުގައި, މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން އުނގަންނައިދީ ހެދޭނެ ކަމަށެވެ.

އޭގެ އިތުރަށް ޑރ. ޝަހީމް ވިދާޅުވި ގޮތުގައި މި ފަދަ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދި ފޯމު ލުމަށް މި ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.