ގަލޮލު ރަސްމީ ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު ބަދަލުކޮށްފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރަފީއު ވިދާޅުވެއްޖެއެވެ.

ރާފިއު މިހެން ވިދާޅުވީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކުރިއެރުމާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. މިކަމަށް ޖަވާބުދެއްވަމުން ވަޒީރު ރަފީއު ވިދާޅުވީ، ފުރަތަމަ ކޮންޓްރެކްޓަރަށް ސްޓޭޑިއަމްގެ މަސައްކަތުގެ އިތުރުން އެހެން މަސައްކަތްތަކެއްވެސް ހަވާލުކުރެވިފައިވާތީ، މަޝްރޫޢު ވަކި މަޝްރޫޢެއްގެ ގޮތުގައި ފެށޭނެ ގޮތެއް ނެތުމުން މަޝްރޫޢު ފެށުން ލަސްވެފައިވާ ކަމަށެވެ.

އަދި ކޮންޓްރެކްޓަރު ހަތަރު މަޝްރޫޢެއް އެއްފަހަރާ ކުރިއަށް ގެންދަން ބޭނުންވިޔަސް، އެހުރިހާ މަސައްކަތެއް އެއްފަހަރާ ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މައިގަނޑު ގޮންޖެހުމަކީ ސްޓޭޑިއަމް ތަޅާލަންޖެހުންކަމައްވާތީ އެހެން ގޮތެއް ހަމަޖެއްސުމަކާ ނުލައި މިކަން ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ރަފީއު ވިދާޅުވިއެވެ.

މިހާރު ކޮންޓްރެކްޓަރު ބަދަލުކޮށް، ކަންބޮޑުވުންތަކަށް ހައްލު ހޯދިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ސްޓޭޑިއަމް އަލުން ތަރައްޤީކުރަން ފަށާނެ ތާރީޚެއް ވަޒީރު ބަޔާނެއްނުކުރެއެވެ. ނަމަވެސް، މި މަޝްރޫއު މަޑުޖައްސާލައިފަ ސިންތެޓިކް ޓްރެކްގެ މަސައްކަތް ފެށިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ 40 މިލިއަން ޑޮލަރުގެ ލޯނަކުން ގަލޮޅު ރަސްމީ ސްޓޭޑިއަމް ތަޅާލައި އަލުން އިމާރާތްކުރުމަށް ރާވާފައެވެ.