ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރުން ފިޔަވާ އެހެން ހުރިހާ ދަރިވަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މިއަދު ހެނދުނު ފޮނުވި މެސެޖެއްގައެވެ.

ފުލުހުން ބުނީ، މި ވަގުތު އެ ދެ ދަރިވަރުންނަށް ފަރުވާދެމުންދަނީ އަދިވެސް އައިސީޔޫގައިކަމަށެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ގޮތުގައި މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެންނެވެ. މި ކަމުގައި ހާލު ދެރަވެގެން ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ.

އަދި ފުލުހުން ދަނީ މިކަން ހިނގި ސަބަބު ދެނެގަންނަން އިތުރަށް ތަހުގީގުކުރަމުންނެވެ.