ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު (މުއުމިނާ ހުސެންފުޅު) އަވަހާރަވެއްޖެއެވެ.

މުއުމިނާ ހަސަންފުޅުގެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

މުއުމިނާ ހަސަންފުޅަށް ރައީސް ސާލިހުގެ އިތުރުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު (ނިޔާ) އާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސާލިހާއި, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސެކްރެޓަރީކަން ކުރެއްވި ފާތިމަތު މުހައްމަދު ސާލިހުގެ އިތުރުން ލޯފަން ދެ ހާފިޒުން ހިމެނެއެވެ.

މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އައިޝަތު ސޯލިހު އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސަނަލް ސެކެޓްރީކަން ކުރެއްވި ފާތިމަތު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) އަކީ މުއުމިނާގެ ބޭފުޅުންނެވެ.

ރައީސް ސާލިހުގެ މަންމާފުޅު އަވަހާރާވުމާއި ގުޅިގެން ރައީސް ޑރ މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.