ޕާކިސްތާން ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރެއްވި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލެޕްޓޮޕްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓްރީން ވަނީ އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ.

އެ ޕޯސްޓްގައި ވަނީ މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައިކޮމިޝަންގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ޕާކިސްތާނުގެ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުހައްމަދު ފައްޔާޒު ގިލާނީއެވެ.

މިއަދު ކުރިއަށް ދިޔަ މި ރަސްމިއްޔާތު އޮތީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ.