ނިއުޔޯކް، ޖުލައި 20 /ޓާސް/: ގައުމުތަކަށް މިއަދު ހުއްޓުމަކަށް ގެނުވި ޓެކްނޮލޮޖީ ކެނޑުމުގެ އަސްލު ސަބަބު ހައްލުވެފައިވީ ނަމަވެސް، މައިކްރޮސޮފްޓް 365 ގެ ބައެއް ކްލައުޑް ޕްލެޓްފޯމް ސިސްޓަމްތަކަށް އަދިވެސް މައްސަލަތައް ދިމާވެދާނެ ކަމަށް މައިކްރޯ ސޮފްޓުން ބުނެފައިވެ އެވެ.
"މި މައްސަލައިގެ އަސްލު ސަބަބު ހައްލުކޮށް މައިކްރޮސޮފްޓް 365 ގެ ބައެއް އެޕްތަކާއި ހިދުމަތްތައް ފުރިހަމައަށް ގެނެސްދެވިއްޖެ. ރެޒިޑިއުއަލް އިމްޕެކްޓްގެ އަސަރު އަދިވެސް މައިކްރޮސޮފްޓް 365 ގެ ބައެއް އެޕްތަކާއި ހިދުމަތްތަކަށް ދަނީ ކުރަމުން. މައިކްރޮސޮފްޓް 365 އިންޖިނިއަރުން ދަނީ ފުރިހަމަ ހައްލެއް ގެނައުމަށް މިޓިގޭޝަން އެކްޝަންތައް ކުރިއަށް ގެންދަމުން," އެކްސް ސޯޝަލް ނެޓްވޯކްގައި މައިކްރޯސޮފްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިއްޔެ އެކި ގައުމުތަކުން ވިންޑޯޒް ބެސްޓް ކޮމްޕިއުޓަރު ޑިވައިސްތަކުން ކަރަންޓް ކެނޑިފައިވާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެންމަތިވެފަ އެވެ. ބައިނަލްއަގްވާމީ ލީޑިން ބޭންކުތަކާއި އެއާ ކެރިއާތަކާއި މީޑިއާތަކާއި އެހެނިހެން ގިނަ ސިނާއަތްތަކުގެ ކުންފުނިތަކުން ވަނީ ހިދުމަތް ދިނުމަށް ބުރޫއަރާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެމެރިކާގެ އިންފޮމޭޝަން ސެކިއުރިޓީ ސޮލިއުޝަންސް ޑިވެލޮޕަރު ކްރައިޑްސްޓްރައިކް އިން ވަނީ އެންޓިވައިރަސް ސޮފްޓްވެއާގެ އެންމެ ފަހުގެ އަޕްޑޭޓާއި ވިންޑޯޒް އޮއެސްގައި ފުޅާދާއިރާއެއްގައި ފެއިލްވުންތަކާ ގުޅުމެއް އޮތްކަން ކަށަވަރުކޮށްދީފަ އެވެ. ކްރައިޑްސްޓްރައިކްގެ ސީއީއޯ ޖޯޖް ކަރޓްޒް ވިދާޅުވި ގޮތުގައި މި މައްސަލަ ދެނެގަނެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.