ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެެއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ތަފްޖޮލް މިއާ ހޯދަމުންދަނީ، 18 ޖުލައި 2024 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްްގެ ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކައެވެ.
ޓަފްޖޮލް މިޔާ އާ ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.