މޮޑަން ޕޯޓް މެނޭޖްމަންޓް ކޯހުގެ ތިންވަނަ ބުރުގެ އިފްތިތާހީ ރަސްމިއްޔާތު މިއަދު މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހެޑް އޮފީހުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް، އަދި އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގެންނެވިއެވެ.

18 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާނެ މި ކޯސް ހިންގާނީ އދ. ގެ ވިޔަފާރި އަދި ތަރައްޤީއާބެހޭ ޖަމްޢިއްޔާއިން ކަމަށް އެމްޕީއެލްއިން ބުނެއެވެ. ކޯހުގެ ފުރަތަމަ މޮޑިއުލްތައް ކިޔަވައިދެއްވާނީ ބްރެމޯ ޕޯޓް ކުންފުނީގެ ޑިރެކްޓަރ މިސްޓަރ ޖޯ ހައިނީ އާއި އދ. ގެ ވިޔަފާރި އަދި ތަރައްޤީއާބެހޭ ޖަމްޢިއްޔާގެ އިންފޮމޭޝަން ސިސްޓަމްސް އޮފިސަރ މިސްޓަރ ޓޮމާޝް ކުލާގާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ކޯހުގައި އެމްޕީއެލް، އެމްއެސްއެސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ބައިވެރިވާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.