ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޔޫރަޕު ކޮލިޓީގެ ބޭސް ރާއްޖެ އެތެރެކޮށް މިއަދު ވިއްކަން ފަށައިފިއެވެ.

ބަލްކް ކޮށް ޕްރޮކިޔާ ކޮށްގެން ސަރުކާރުން ޔޫރަޕް ކޮލިޓީ ބޭސް އެތެރެ ކުރަނީ ޔޫއެންޑީޕީއާ ގުޅިގެންނެވެ. އެންމެފަހުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑޮކްޓަރ މުއިއްޒު ވެވަޑައިގެންނެވި އެންމެ ވަރުގަދަ އެއްވައުދަކީ ދިވެހިންގެ އަތްފޯރާ ފަށަށް ފެންވަރު ރަނގަޅު ބޭސް ނުވަތަ ޔޫރަޕް ކޮލިޓީ ބޭސް ރާއްޖެ އެތެރެކޮށް ދިވެހިންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.

ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް ދަށް ކޮލިޓީގެ ބޭސް އެެތެރެކޮށް ވިއްކަން ފުރުސަތު ދީފައި އޮތް ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް، މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ރިޔާސީ ބަހުސްގައި ވަނީ އިއުތިރާފްވެ ވަޑައިގެންފައެވެ.

ރައީސް ޑޮކްޓަރ މުއިއްޒުގެ ސަރުކާރުން ހާމަކުރައްވާފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ވިއްކަށް ފެށުި ޔޫރަޕް ކޮލިޓީގެ ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށާއި ޑޮލަރުގެ އަގަށް އަންނަ ބަދަލާއެކު ބޭހުގެ އަގު މިހާރަށްވުރެ ދަށް ކުރެވޭނަމަ އެކަންވެސް ކުރާނެ ކަމަށެވެ. އެސްޓީއޯއިން ވިއްކަން ފެށީ ޔޫރަޕް ކޮލިޓީގެ 7 ބޭހެކެވެ.