ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވާޑް 2024, ބ. މުއްދޫގައި އޮންނަ ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުން ހާސިލުކޮށްފިއެވެ.
ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވާޑަކީ ކޮންމެ އަހަރަކު ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މެހެމާންދާރީ އެންމެ ރަނގަޅު މަންޒިލަކަށް އަރުވާ ޝަރަފުވެރި އެވާޑެކެވެ. މި އެވާޑު ލިބިގެންދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން ފަތުރުވެރިންނަކާ ހަވާލާ ދިނުމަށް ފަހު އެންމެ ރަނގަޅު ރޭޓިންއެއް ލިބޭ މަންޒިލަކަށެވެ.
ޓްރިޕްއެޑްވައިޒާގެ މި ޝަރަފުވެރި އެވާޑު ލިބުމާއެކު ޑުސިޓް ތާނީ މޯލްޑިވްސް ވަނީ ޓްރިޕްއެޑްވައިޒާގެ އެންމެ މަގްބޫލު ރިސޯޓުތަކުގެ ތެރޭގައި ހިމެނިފައެވެ. އެމެރިކާގެ ކޮމްޕެނީއެއް ކަމުގައިވާ ޓްރިޕްއެޑްވައިޒާގެ އެންމެ މަގްބޫލު ރިސޯޓުތަކުގެ ތެރޭގައި ހިމެނުމަކީ ޑުސިޓް ތާނީ މޯލްޑިވްސްގެ ކުރިއެރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
ޑުސިޓް ތާނީ މޯލްޑިވްސް ރިސޯޓުން ޓްރިޕްއެޑްވައިޒާގެ މި ޝަރަފުވެރި އެވާޑު ހާސިލުކުރުމުން ރަމްޒުކޮށްދެނީ އެ ރިސޯޓަށް ދަތުރު ކުރާ ފަތުރުވެރިންނަށް މެހެމާންދާރީ އަދާކޮށްދީ, އެ ފަރާތްތަކުގެ ޗުއްޓީ އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި އެ ރިސޯޓުން ކުރަމުން އަންނަ ބުރަ މަސައްކަތެވެ.