ހެނދުނުގެ ނިދި ފިލުވާލަން "ބްރޫ" ކޮފީވަރެއް ނެތް

ހެނދުނުގެ އަރާމު ނިދިން ސިކުނޑި ހޭލައްވާލައި ބުރަ ދުވަހެއްގެ މަސައްކަތަށް ތައްޔާރުކޮށްދޭނެ އިންޑިއާގެ އެއްވަނަ ކަމުގައިވާ "ބްރޫ" ކޮފީ އެމް.އެޗް.އާރު ޓްރޭޑިން އިން ރާއްޖެ ގެނެސް ވިއްކަން ފަށައިފިއެވެ.

1968 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެއްވަނަ ކޮފީގެ ގޮތުގައި މަޝްހޫރު "ބްރޫ" އަކީ ސިކުނޑި ތާޒާކޮށް ހަށިގަނޑަށް ހަކަތަ ގެނެސްދިނުމަށް ދެވަނައެއް ނެތް ކޮފީއެކެވެ. ރަހަ ނުބެލެނީސް ވަހުން ވެސް ސިކުނޑިއަށް އަރާމުކަން ލިއްބައިދޭނެ މި ކޮފީއަކީ އިންޑިއާގެ އެންމެ ފުރިހަމަ ކޮފީ ބީންސްއިން އުފައްދާފައިވާ ކޮފީއެކެވެ.

މި ތަފާތު ކޮފީއަކީ ފިނިކޮށް ވެސް އަދި ހޫނުކޮށް ވެސް ހަމަ އެހާމެ މީރުކޮށް ތައްޔާރުކޮށްލެވޭނެ ކޮފީއެކެވެ. އެހެންކަމުން މޫސުމަކަށް, ފިނިހޫނުމިނަކަށް ނުބަލަ އަމިއްލައަށް ބޭނުންވާ ގޮތަކަށް "ބްރޫ" ކޮފީ ތައްޔާރުކޮށްލެވޭނެއެވެ.

ބްރޫ ކޮފީ އަކީ ތައްޔާރު ކޮށްލަން ނުލާހިކު ފަސޭހަކޮފީއެކެވެ. ކޮފީ ޕައުޑަރު ކޮޅެއް އަޅާފަ ހޫނު ފެން ނުވަތަ ފިނިފެން އަޅާލުމަށް ފަހު ހަކުރު އަޅަން ބޭނުންވާނަ އަޅާލުމަށް ފަހު ރަނގަޅަށް ގިރާލައިފަ ވަގުތުން ބޮއެލަންވީއެވެ.

ހަދާލަން އެހާ ފަސޭހައިރު ވެސް ބްރޫ ކޮފީއިން ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ކަން އެނގޭ ހެއްޔެވެ؟ އެންޓިއޮކްސިޑަންޓްސްއާ ނިއުޓްރިއެންޓްސްއިން ފުރިގެންވާ މި ކޮފީއަކީ މެޓަބޮލިޒަމް އަވަސްކޮށްދީ ހަށިގަނޑުން ފެޓް ދުއްވާލުމަށް އެހީވެދެއެވެ. ޑައެޓު ކުރާއިރު ބޮއެލުމަށް ބްރޫ ކޮފީ ބަރާބަރު ވަނީ މިހެންވެއެވެ.

އިންޑިއާގެ މި ތަފާތު "ބްރޫ" ކޮފީ އެމް.އެޗް.އާރު ޓްރޭޑިންގ ގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި

ރ. އަތޮޅު ފިހާރަ - ލޯކަލް މާރުކޭޓް

އެމް.އެޗް.އާރު ޓްރޭޑް - ލޯކަލް މާރުކޭޓް

ތަރުކާރީ ފިހާރަ - ލޯކަލް މާރުކޭޓް

ވީ. ނައިން އެންޓަރޕްރައިސް - ނޯތުހާބަރ

އެމް.އެޗް.އާރު. ނޯތު ހާބަރ

މީގެ އިތުރުން، ބާޒާރުމަތީގެ ގިނަ ފިހާރަތަކުންވެސް ލިބެން ހުންނާނެއެވެ. އަދި މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސަރުނަ މާޓްއިންވެސް ލިބެން ހުންނާނެއެވެ، އެފިހާރައިގެ ނަމްބަރަކީ 9500031 އެވެ. އެ ނަމްބަރަށް ގުޅާ އޯޑަރު ވެސް ކޮށްލެވޭނެއެވެ.

"ބްރޫ" ކޮފީ ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރަނީ އެމްއެޗްއާރު ޓްރޭޑިންގއިންނެވެ. އެމް.އެޗް.އާރު ޓްރޭޑިން އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުންގެންދާ ކުންފުންޏެކެވެ. ވިޔަފާރީގައި 50 އަހަރުވެފައިވާ މި ވިޔަފާރި އަކީ، ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރިއެކެވެ، ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ އަދި ހޯދަމުންގެންދާ މި ވިޔަފާރި ދަނީ ކަސްޓަމަރުންނަށް ފަސޭހަ ގޮތްތަށް ތަޢާރަފްކޮށްދީ، އެފަރާތްތަކުން ބޭނުންވާ މުދާތަށް ގެނެސް ފޯރުކޮށްދެމުންނެވެ. އޯޑަރ ކުރުމުން ގެނެސް ދިނުމުގެ އިތުރުން، ރަށުގައި ތިބެ ލިސްޓް ފޮނުވުމުން ބޯޓަށް އިތުބާރާ އެކު ގެންގޮސް ދެއެވެ. އެމް.އެޗް.އާރަކީ، ބްރޫ ކޮފީގެ އިތުރުން ދިވެހިންނަށް ބޭނުންވާ ކާނާގެ ގިނަބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުންގެންދާ ދިވެހިންގެ މެދުގައި މަޤުބޫލު ކުންފުންޏެކެވެ.

އެމް.އެޗް.އާރ އާއި ގުޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ނަމްބަރ ތަކަށް ގުޅުއްވުން އެދެމެވެ.

ހ. ސްނޫޕީ ގްރައުންޑް ފްލޯ/އަސްރަފީމަގު

30004000 ނުވަތަ 7881213