މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ހުރި މުދާ ނީލަމަށް ވިއްކާލުމަށް މޯލްޑީވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ މި ނީލަމުގައި ބައިވެރިވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތަކަށްކަމަށެވެ.
އެމްޕީއެލްއިން އިރުތަށް ވިދާޅުވީ މި މުދާތަކުގެ ނީލަން ބާއްވާން ހަމަޖެހިފައިވަނީ 31 ޖުލައި 2024 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން 1 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލައްކަމަށެވެ.
އަދި މުދާ ބެލުމުގެ ފުރުސަތު 30 ޖުލައި 16:30 އިން ފެށިގެން ހުޅުވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މުދާ ބެލުމަށް ނަން ނޯޓު ކުރުމަށް 30 ޖުލައި 15:30 ގެ ކުރިން އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓުކުރުމަށްވެސް އެމްޕީއެލްއިން އެދިލައްވާފައިވެއެވެ.
ނީލަމުގައި ވިއްކާ ތަކެތި ތެރޭގައި ބެޑްރޫމް ސާމާނާއި އެހެނިހެން ތަކެތި ހިމޭ ކަމަށް އެމްޕީއެލްއިން ހާމަކުރިއެވެ.