ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހދ އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ދުވަހާއި ހަމަޔަށް ފުލުހުން ވަނީ ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލުގެ ޓްރެފިކް މޮނީޓަރުންނާއި ބެލެނިވެރިންނަށާއި ވައިކަރަދޫ، ހަނިމާދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް، ނޭކުރެންދޫ އަދި މަކުނުދޫ ސްކޫލުގެ ބެލެނިވެރިންނަށެވެ. އެގޮތުން 670 މީހުންނަށް މައުލޫމާތުދީފައިވެއެވެ.

މި ސެޝަންތަކުގައި ފުލުހުން ވަނީ ސްކޭމަކީ ކޮބައިކަމާއި، ސްކޭމްގެ އެކި ބާވަތްތަކާއި، އޭގެ ނުރައްކާތެރިކަން އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ސްކޭމްގެ މައްސަލަތައް ތަހުގީގުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން، ހދ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މައުލޫމާތުދީފައިވެއެވެ.