ބެންކޮކުގައި ކުރިއަށް ގެންދިޔަ ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ އިންވެސްޓިގޭޝަން ޓްރޭނިންގ ކޯހުގައި ދިވެހި ފުލުހުން ބައިވެރިވެއްޖެއެވެ.

މި ކޯށް ކުރިއަށް ގެންގިސްފައިވަނީ ތައިލޭންޑު ރޯޔަލް ޕޮލިސް ކެޑޭޓް އެކަޑަމީ ގެ ފަރާތުންނެވެ. މި ޖުލައި މަހުގެ 15 އިން 20 އަށް ބެންކޮކްގައި ކުރިއަށް ގެންދިޔަ މި ކޯހުގައި، ތްރެޓް ޑިޓެކްޝަން، ރިސްކް މެނޭޖްމަންޓް، އެތިކަލް ހެކިންގ، އަދި އިންސިޑެންޓް ރެސްޕޮންސް ފަދަ ސައިބަރއާ ގުޅުންހުރި ތީމުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޓްރެއިނިންގ ކޯހުގައި ސެންޓްރަލް އިންވެސްޓިގޭޝަންސް ކޮމާންޑް، މާލެ ޕޮލިސް، ހުޅުމާލެ ޕޮލިސް، ފޮރެންސިކް ސާވިސަސް، ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި ފަސް ރީޖަންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓެކްނިކަލް އޮފިސަރުން ހިމެނޭހެން 15 މުވައްޒަފަކު ބައިވެރިވިއެވެ.