އެކިއެކި މައްސަލަތަކުގެ ތެރެއިން އުނގޫފާރު ޕޮލިސް ސްޓޭޝަނުުގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މި ބަނގުރާތަށް ނައްތައިލައިފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ. ނައްތާލާއިފައިވަނީ ޖުމްލަ 279 ފުޅި ބަނގުރަލާއި 82 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ އިފުރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.