ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގައި މުނާސަބަތުގައި އައްޑޫ ސިޓީގައި ބޭއްވި ޕެރޭޑު ކުރިއަށް ގެންދިޔުމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް) ގެ ފަރާތުން ބޮޑުއެހީއެއް ފޯރު ކޮށްދީފިއެވެ.

އައްޑޫސިޓީގެ ފަސް ސްކޫލަކުން ކެޑޭޓުން ބައިވެރިވެ، ޖުލައި 27 ވަނަ ދުވަހު އެ ސިޓީގައި ބޭއްވި ޕެރޭޑުގެ ހުރިހާ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި މަސައްކަތްކުރާ ޑްރިލް އިންސްޓްރަކްޓަރުންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަމާއެކުއެވެ. އައްޑޫސިޓީގައި ޖުލައި 27 ވަނަ ދުވަހު ޕެރޭޑް ކުރިއަށްދިޔަ ވަގުތު ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ކެޑޭޓުންނާއެކު ހަރަކާތްތެރިވެފައެވެ.