މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މި ވިއްސާރާއިގައި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން މެޓުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އަދި ކެރިގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ކަށްވެސް މެޓުން ބުނެފައިވެއެވެ.

ހަމައެއާއެކު މެޓުން ބުނީ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ