ދިވެހި ފުލުހުންގެ ފަރާތުން ތ އަތޮޅުގެ ދެ ސްކޫލަކަށް ޓީމް ބިލްޑިންގް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގިސްފައި ވަނީ ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާއާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ.

މި ޖުލައި މަހުގެ 27 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ދަރިވަރުނަށް މުޖުތަމައުއަށް ނިކުމެ ހަރަކާތްތެރި ވުމަށް މުހިއްމު ހުނަރުތަށް ވަނީ ދަސްކޮށްދީފައެވެ. މިގޮތުން ދަރިވަރުންގެ ދެމެދުގައި އެކުވެރިކަން އާލާކޮށް ގުޅުންބަދަހިކޮށް އަދި ގުޅިގެން މަސައްކަތްކުރުުމުގެ ރޫހު އަށަގެންނެވުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ އަދި މައިންބަފައިންގެ ބަސްއަހައި ކިޔަމަންތެރި ދަރިވަރުންތަކަކަށް ވުމަށް ނަސޭހަތްދީފައިވެއެވެ.