މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު ގއ.ދެއްވަދޫއާއި ގއ.ކޮލަމާފުށި ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ އޭރިއާއަށް ނިސްބަތްވާ ހުރިހާ ރަށްްތަކުގެ ކައުންސިލާއެކު ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށް ގެންދާ ކޮމިއުނިޓީ ޕްރޮގްރާމުތަކާއި ސަދަން އޭރިއާއަށް ނިސްބަތްވާ ރަށްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ އަރިހުގައި އެ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމްގެ އިތުރުން ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.