މުހައްމަދު ގާސިމް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 30 ވަނަ ދުވަހު މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގައި އެ ޕްރީސްކޫލުގެ 41 ދަރިވަރުންނާއި 13 ޓީޗަރުން ބައިވެރިވެފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ފަޔަރފައިޓަރުންގެ ދުވަހުގެ މަސައްކަތްތަކާއި އެ މަސައްކަތްތައް ރާވާލެވިފައިވާ ގޮތުގެ މަޢުލޫމާތު ދީފައިވާކަމަށްވެސް އެ ފަރާތުން ބުންޏެވެ.

އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މައަު ލޫމާތުދީ އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތާއި އެ ތަކެތި ބޭނުންކުރާ ގޮތްތައް ވަނީ ދައްކާލާފައެވެ.