އެކްސިޑެންޓުވި ކާރުގައި ތިބި މީހުންހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން، އެ އެކްސިޑެންޓުވި ކާރުން ފިލި ތިން މީހުން ހައްޔަރުކޮށް އެ މީހުން ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މި ކަން ހާމަކޮށްފައިވަނީ ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެގޮތުން ފުލުހުން ހާމަކުރި މީހުންގެ ތެރޭގައި ހިމެނެނީ:

  • އިކުރާމުއްރަހްމާން، މާލެ/ ހ. ނޫރާންމާގެއާގެ
  • އިބްރާހިމް އިކްރާމް މާލެ/ މ.ލޭންޑްއޮފްގާޑަން
  • ޖިނާހު އިސްމާއީލް/ގއ. ކަނޑުހުޅުދޫ، އާޒާދުގެ

މީގެއިތުރުން ކޯޓްއަމުރެއްގެ ދަށުން ފުލުހުން ވަނީ އެ ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައެވެ. އެއީ ކާރު ދުއްވަން އިން މީހާ ކަމަށާއި އޭނަގެ އުމުރަކީ 25 އަހަރު ކަމަށާއި އެއީ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.