ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު, ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި ކޯޓު އަމުރާ ގުޅިގެން ހޯދުމަށް ފުލުހުބް އިއުލާނުކޮށްފައި ވަނީ, ކ. މާލެ / މ. ކަރިސްމާވިލާ، 30 އަހަރުގެ އާސިފް އަޙްމަދު ދީދީއެވެ.
އާސިފް އަޙްމަދު ދީދީ ހޯދުމަށް ފުލުހުން އިއުލާނު ކުރީ, ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން 4 އޮގަސްޓު 2024 ގެ 10:30 ގެ ކުރިން ކްރިމިނިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ކޯޓު އަމުރެއްގެ މަތިންނެވެ.
ފުލުހުން ވަނީ, އާސިފް އަޙްމަދު ދީދީއާ ބެހޭ އެއް ވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.